ޑިމޮކްރެޓްސްގެ ލީޑާޝިޕުން ރައީސް މުއިއްޒާއެކު ކުރިން ބޭއްވެވި ބައްދަލުވުމެއް
ޑިމޮކްރެޓްސްގެ ލީޑާޝިޕުން ރައީސް މުއިއްޒާއެކު ކުރިން ބޭއްވެވި ބައްދަލުވުމެއް
ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން ރައީސް ޑރ މުހައްމަދު މުއިއްޒާއި ބައްދަލުކުރަށްވައިފިއެވެ.

މަޢުލޫމާތުލިބިފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފާއި ނާއިބުރައީސް މުޙައްމަދު ޝިފާޒެވެ. ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރުން ވަނީ ސިއްރު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އާއެކު ޑިމޮކްރެޓުން މަޝްވަރާކޮށްފައިވަނީ އެ ޕާޓީގެ ސިޔާސަތުތަކާއި ސަރުކާރުގެ ބައެއް ސިޔާސަތުތައް އެއްކީލި ކުރުމަށާއި، ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން ކުރާ މަސައްކަތުގައި އެޕާޓީން ބައިވެރިވުމާ މެދުގައެވެ.

އޭގެއިތުރުން ސަރުކާރުގެ ބައެއް މަޤާމުތަކަށް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ޢައްޔަނުކުރުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި އެކަމުގައި ޑިމޮކްރެޓުން ގެންގުޅޭނީ އެޕާޓީއަށް އެއްބަސްވެވޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ވިސްނުންކަމަށް ވެއެވެ.

ހަމައެއާއެކު ސަރުކާރުން ބޭނުންވާ ޙާލަތްތަކުގައި އެ ޕާޓީގައި ތިއްބެވި ސިޔާސީ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން ރައީސް ޑރ މުހައްމަދު މުއިއްޒާއި މީގެ ކުރިންވެސް ވަނީ ބައްދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން