އިޤްތިޞާދީ ވަޒީރަށް ސަރުކާރުން މިހާރު އިތުބާރު ނުކުރަށްވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ނާޒިލް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވާއިރު ސަރުކާރުން މިހާރު ޢަމަލުކުރަމުންދަނީ ވަރަށް ދެރަވަރުކޮށް ކަމަށާއި ޚާއްސަކޮށް އެކި ބޭފުޅުންގެ ބޮލުގައި އެކަމުގެ އިލްޒާމް ސަރުކާރުން އަޅުވަމުންދާ ކަމަށެވެ.
އެގޮތުން އިޤްތިޞާދު އަޑިއަޅާލީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް އެންމެ ފުރަތަމަ ސަރުކާރުން ބުނަމުން ދިޔަކަމަށާއި އޭގެ ފަހުން ގަވަނަރު ކަމުނުގޮސްގެން ގަވަރުނަރުވެސް މަޤާމުން ވަކި ކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ މިހާރު އަޑު އިވެމުންދަނީ އިޤްތިޞާދީ ވަޒީރާމެދު ސަރުކާރުން ދެކޭގޮތް ބަދަލުވެއްޖެކަމުގެ އަޑުތައް ކަމަށާއި ވަޒީރު ސަޢީދަށް ސަރުކާރުން މިހާރު އިތުބާރު ނުކުރަށްވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ޗައިނާއަށް ސަރުކާރުގެ އިސްބޭފުޅުން ކުރެއްވި ޒިޔާރަތުގައި ވަޒީރު ސަޢީދު ހިމަނުއްވާފައި ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.
“އިތުބާރެއް ނުކުރަށްވާ މިހާރަކު. މިއީ އަޅުގަނޑުމެންނަށް އަޑުއިވޭ އާވާހަކައެއް މިހާރު.” ނާޒިލް މިއަދު ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ޒިންމާދާރުކަމެއް ނެތުމުގެ ސަބަބުން ސަރުކާރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި އެގޮތުން އަވަށްޓެރި ޤައުމެއްގެ ބޮޑުވަޒީރަށް މުޢާމަލާތުކުރި ގޮތުން ދަޢުލަތަށް ލިބެން އޮތް ބޮޑު ޢާމްދަނީއެއް އުނިވެގެން ގޮސްފައިވާ ކަމަށެވެ.
“ތިން ބޭފުޅަކު ޒާތީގޮތުން އެބޭފުޅާއަށް ހަޑިހުތުރުބަހުން އެއްޗެހިކިޔަންފެށި ހިސާބުން ޙަޤީޤަތުގައި. އަދިވެސް އެކަމަށް އެންމެ ރަނގަޅު ޙައްލެއް ސަރުކާރުން ހޯދައިނުދެވޭކަން އަޅުގަނޑު ފާހަގަ ކޮށްލަން.” ނާޒިލް ވިދާޅުވިއެވެ.
ހަމައެއާއެކު ދިމާވެގެން މިއުޅެނީ މެނޭޖްކުރަން ނޭންގުމުގެ މައްސަލައެއް ކަމަށާއި ދަޢުލަތަށް ލިބޭ ޢާމްދަނީން ޚަރަދުކުރަން ނޭންގުމުގެ މައްސަލަކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ވަކިކޮށްގެން ދަޢުލަތަށް ލިބޭނީ އިތުރުގެއްލުމެއް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
“ޢަލީ ޙާޝިމަކީ ކާކުކަން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ގަވަރުނަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.” އަލީ ހާޝިމް ވަކިކުރުމާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވި ނާޒިލް ވިދާޅުވިއެވެ.
އެމް.ޑީ.ޕީން މިއަދު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ފާށު ކިޔާފައިވާއިރު ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިޤްތިޞާދު އަޑީއަޅާލާފައިވަނީ އެމް.ޑީ.ޕީ ސަރުކާރުން ޢަމަލުކުރި ގޮތުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު