ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ދަނީ ސަރުކާރުން ބަޖެޓުގައިވާ މަޝްރޫޢުތައް ކުރިއަށް ނުގެންދާތީ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި އަމްރު މިއަދު ވިދާޅުވީ، ސަރުކާރުން ޕްރޮޖެކްޓްތައް ނުހިންގާތީ އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި އެއީ ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަ ކުރަށްވަމުން އަމްރު ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި މިއަހަރަށް ބަޖެޓްކޮށްފައިވާ ޕްރޮޖެކްޓްތައް އަވަހަށް ފަށަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ދަށަށް ދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
“މިކަމުގެ ސަބަބުން މީހުންގެ ދިރިއުޅުމަުގެ ހާލަތު ދަނީ ދަށްވަމުން. އިޤްތިސާދު ރަނގަޅު ކުރުމަށް މިއަހަރު ކުރަން ބަޖެޓްގައި ވާ ޕްރޮޖެކްޓްތައް އަވަހަށް ފަށަންޖެހޭ.” އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިގުތިސާދީ ދުވެލި މަޑުޖެހި ފިޗުގެ ރޭޓިންވެސް ވަނީ ދަށްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުން ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާނެކަން ހާމަކޮށްފައެވެ. އެގޮތުން ރަށްރަށުގައި ފަށާފައިވާ ބައެއް މަޝްރޫޢުތައްވެސް މިހާރު ވަނީ މަޑުޖައްސާލާފައެވެ.
ނަމަވެސް މިހާތަނަށްވެސް ސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރާ މީހުންގެ ޢަދަދު މަދުވަމުން ނުދާތީ އާއި ސަރުކާރުން ބޭނުންވާ މެގަ ޕްރޮޖެކްޓްތައް ހިންގުމަށް މަޑުޖެހުމެއް ގެނެސްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު