ދައުރު ނިމެންދެން މިސަރުކާރުން އުޅޭނީ ކުރީ ސަރުކާރުގެ މަސައްކަތްތަކުން ކްރެޑިޓް ނެގުމުގައި ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ދުވެހި މަޑުޖެހި ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން އަމީރު ވިދާޅުވީ މިދައުރުގައި ބާކީ އޮތް 4 އަހަރުވެސް މިސަރުކާރުގެ އިސްބޭފުޅުން އުޅުއްވާނީ ރައީސް ޞާލިޙްގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިމުމުން އެމަޝްރޫޢުތަކުގެ ރިބަން ކަނޑައި އިފްތިތާހް ކުރުމުގައި ކަމަށެވެ.
އަދި މިސަރުކާރަށް އާމަޝްރޫޢެއް ނުފެށޭނެ ކަމަށާއި އެފަދަ ވިސްނުމެއްވެސް މިސަރުކާރުގެ އިސްބޭފުޅުންގެ ކިބައިގައި ނެތްކަމަށް އަމީރު ވިދާޅުވިއެވެ.
“ކުރީ ސަރުކާރުން ފަށާފައިވާ ކަންތައްތައް ނިމުނީމަ އޭގެ ކްރެޑިޓް ނަންގަވަން އުޅުން ފިޔަވައި އެއްވެސް ކަމެއް ނުކުރާނެ. އެނޫން ކަމެއް ކުރުމުގެ ބުއްދިއެއްވެސް ނެތް. ވައުދުވި ކަންކަން ކުރަން ނުވެސް އުޅޭ. މުޅިންވެސް މަކަރާއި އޮޅުވާލުމުގަ!” އަމީރު ވިދާޅުވިއެވެ.
މި ސަރުކާރުން އާމަސައްކަތެއް ނުކުރާނެ ކަމަށް އަމީރު ވިދާޅުވެފައިވާއިރު ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ ކޮލިޓީ ބޭސް ރާއްޖޭން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ނިންމާފައިވަނީ ކުރީ ސަރުކާރުން ކަމަށް އަމީރުވަނީ ވިދާޅުވެފައެވެ.
އެގޮތުން އެކަމަކީ ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމެއްކަމަށް އަމީރު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން އޭރު ސަރުކާރުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރި ފޮޓޯތަކާއި އެހަބަރު ނޫސްތަކުގައި ޝާއިއުކޮށްފައިވާ ލިންކުތައް ވެސް އަމީރު ވަނީ މީސްމީޑީއާގައި ޙިއްސާ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު