އިންޑިއާގެ ހިޔާލު އަބަދުވެސް ބިނާވެފައި އޮތީ މިނިވަންކަމާއި ޑިމޮކްރަސީއަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 74 ވަނަ މިނިވަން ދުވަހާ ގުޅިގެން އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހިޔާލު އަބަދުވެސް ބިނާވެފައި އޮތީ މިނިވަންކަމާއި ޑިމޮކްރަސީ އަށް ކަމަށެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓްގައި މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެ ގައުމުގެ ރައީސް ރާމް ނާތް ކޮވިންދަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައްޔިތުންނަށް ވަނީ ފޮނުއްވައިފައެވެ.
އޮގަސްޓު 15 އަކީ އިންޑިއާގައި މިނިވަންކަމާއި ޑިމޮކްރަސީ ހަގީގަތަކަށްވި ދުވަސް ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އިންޑިއާގެ ވެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު