ޒަހީނުއްދީން ސަޢީދު   15 އޯގަސްޓު 2020 - 19:34
ރައީސް ސޯލިހް ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމާއި ސަލާމްކުރައްވަނީ: މައުސޫމް އެޖެންޑާ 19 އަށް ތައުރީފް ކުރެއްވި
ރައީސް ސޯލިހް ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމާއި ސަލާމްކުރައްވަނީ: މައުސޫމް އެޖެންޑާ 19 އަށް ތައުރީފް ކުރެއްވި
އެޖެންޑާ19ގެ މިސްރާބު ރަނގަޅުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ށ.ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖެންޑާ19 ގެ މިސްރާބު ރަނގަޅުކަމަށާއި، އެސިޔާސަތުގެ ދުވެލިވެސް މޫސުމަށް ބަލާފައި ވަރަށް ރަނގަޅުކަމަށެވެ.

އެޖެންޑާ19 އަކީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ގެންގުޅުނު ކެމްޕެއިންގެ މައިގަނޑު ސިޔާސަތެވެ. އެޖެންޑާ19 ތަފާތުވާނެކަމަށާއި، އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރާނެކަމަށް އެމްޑީޕީން ބުނެ އެވެ.

އެޖެންޑާ19ގެ ދަށުން އެމްޑީޕީން ހުށަހަޅާފައިވާ މައިގަނޑު ފަސް ސިޔާސަތުގެ ތެރޭގައި ހިމެނެނީ ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން، އަދި ހެޔޮ ވެރިކަމެވެ.

ޑރ. މައުސޫމު މަގާމާއި ހަވާލުވެ ވަޑައިގެންފައި ވަނީ މިހިނގާ އޮގަސްޓް މަހުގައެވެ. މަގާމު ލިބިވަޑައިގެންނެވީ ކުރިން އެމަގާމު ފުރުއްވަމުން ގެންދެވި އަލީ ވަހީދު އޮފީސް އަންހެން ކުދިން ކޮޅަކަށް ޖިންސީ ފުރައްސާރަ ކުރައްވައި ޖިންސީ ގޯނާ ކުރައްވައި ވަޒީފާގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ ދަށު ދަރަޖައިގެ ބަދުއަޚުލާގީ ކަންތައްތަކެއް ކުރެއްވުމުގެ ތުހުމަތުގައެވެ. އެކަން ހިނގައިގެން އުޅުނު ދެތިން ދުވަސް ތެރޭގައި ވަރަށް ފޯރީގައި ދައްކަމުން ގެންދިޔަ އެވާހަކަ އަދި ނިކަން ހަލުއި ދުވެލީގައި ބަަމުން ގެންދިޔަ އެމައްސަލަ މިހާރު ވީ ހިސާވެއް ވެސް ނޭނގެއެވެ. އެވާހަކައިގެ އަޑެއްވެސް ނީވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން