ކިއުބާގައި ކިޔަވަންތިބި ދިވެހި 9 ދަރިވަރަކަށް ފޮރިން މިނިސްޓްރީން ކެއަރ ޕެކޭޖު ފޮނުވައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން ޤައުމުތައް ފުރަބަންދު ކުރުމާއި ގުޅިގެން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ބަލާ ފޮރިން މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީ ލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައިކަމަށް މިނިސްޓްރީން ބުނެއެވެ.
މިކަމަށް މަގުފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި، ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީ އިން އިތުރަށް ބުނީ، އެ މަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖްތައް ފޮނުވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު