ފަތުރުވެރިއެއްގެ ސާމްޕަލް ނަގަނީ
ފަތުރުވެރިއެއްގެ ސާމްޕަލް ނަގަނީ
ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭނުންވާ ކޮވިޑް ޓެސްޓް ހަދައިދޭނެ މަރުކަޒުތަކާއި އެ މަރުކަޒުތަކުން ޓެސްޓު ހަދައިދޭ އަގުތައް އެޗްޕީއޭއިން އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި ލިސްޓުގައި ކޮވިޑް ޓެސްޓު ހަދައިދޭ ފަސް ތަނެެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑިކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވެސް ކޮވިޑް ޓެސްޓު ހެދުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އޭޑީކޭ އިން 1،500 ރުފިޔާ އަށް ކޮވިޑް ޓެސްޓް ހަދައިދޭއިރު އައިޖީއެމްއެޗް، ކޭއާރުއެޗް އަދި އޭއީއެޗް އިން ޓެސްޓު ހަދައިދެނީ 1،534 ރުފިޔާ އަށެވެ. ޓްރީ ޓޮޕުން ޓެސްޓް ހަދައިދޭ އަގު އުޅެނީ 2،000 ރުފިޔާ އަށެވެ.

އެޗްޕީއޭ އިން ބުނީ ފުރާ މީހުންނަށް ބޭނުންވާ ޓެސްޓްކޮށް ނަތީޖާ ހޯދުމަށް ފުރުމުގެ 48 ގަޑިއިރު ކުރިން ލެބޯޓްރީ އަށް ސާމްޕަލް ލިބެން ޖެހޭނެ ކަމަށެވެ. އަދި ފުރާ މީހުންގެ ސާމްޕަލް ނަގައިދޭނީ ފުރާ މީހެއްކަން އަންގައިދޭ ލިޔުމަކާއި އަދި ލެބޯޓްރީ އިން އެދޭ އެހެން ލިޔުންތައް ހުށަހެޅުމުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.ފަތުރުވެރިންގެ ތެރެއިން ރާއްޖެއިން ފުރާ ފަރާތްތަކުގެ ޓެސްޓު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަަޖައްސާފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން