ފުލުހުންނަށް ފިލަން އުޅެނިކޮށް އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމުން އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރްސީއެމްއިން ބުނީ، މި މަހުގެ 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށް ގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި އަޒްމީލް މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އެންޓި-ޓޯޗަރ ޤާނޫންގެ ދަށުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ، ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ. އަދި އޭގެއިތުރުންވެސް، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މަޢުލޫމާތު ކޮހޯދަމުން ދާކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
"މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވޭ" އެޗްއާރްސީއެމްއިން ބުންޏެވެ.
މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ، އަޒްމީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުން އެއީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ. އެގޮތުން، ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއިމ ތަޙުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު