ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޭޝް މީހުން ޑީޕޯޓުކުރާތީ އެޗް.އާރް.ސީ.އެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް ކޮންމެ މީހަކަށް ވެސް ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ އައި.ސީ.ސީ.ޕީ.އާރު.ގެ 21 ވަނަ މާއްދާގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގެއް ކަމަށެވެ.
އެހެންކަމުން ތިނަދޫގައި ސުލްހަވެރި އިހުތިޖާޖެއްކުރި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން އެޗްއާރްސީއެމުން ދަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ގދ. ތިނަދޫގައި މިދިޔަ ހަފުތާގައި ބަންގްލަދޭޝް މަސައްކަތްތެރިން ސުލްހަވެރި އިޙްތިޖާޖެއް ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ ހަޅުތާލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
ތިނަދޫގައި ސުލްހަވެރި އިޙްތިޖާޖު ކުރި ބިދޭސީން ޑީޕޯޓު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތުތައް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ތިނަދޫގައި ބިދޭސީން އިޙްތިޖާޖު ކުރި މައްސަލާގައި ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށެވެ. އެހެންކަމުން ތިނަދޫގައި އިޙްތިޖާޖުކުރި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަން ރޭވި މީހުން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

The right of peaceful assembly is guaranteed for everyone, including migrants, under Article 21 of the International Covenant on Civil and Political Rights (ICCPR), to which the Maldives is a signatory, and under Article 32 of the Constitution of the Republic of Maldives.
— HRC of the Maldives (@hrcmv) July 27, 2024
HRCM…
ގދ. ތިނަދޫގައި މިދިޔަ ހަފުތާގައި ބަންގްލަދޭޝް މަސައްކަތްތެރިން ސުލްހަވެރި އިޙްތިޖާޖެއް ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ ހަޅުތާލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
ތިނަދޫގައި ސުލްހަވެރި އިޙްތިޖާޖު ކުރި ބިދޭސީން ޑީޕޯޓު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތުތައް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ތިނަދޫގައި ބިދޭސީން އިޙްތިޖާޖު ކުރި މައްސަލާގައި ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށެވެ. އެހެންކަމުން ތިނަދޫގައި އިޙްތިޖާޖުކުރި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަން ރޭވި މީހުން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު