ސަރުކާރުތަކުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސާ) ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) މިމޭރުމުން ސަރުކާރަށް ގޮވާލައްވާފައި މިވަނީ ދަޢުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދާނެ ކަމަށް ނާޒިމް ހާމަކުރަށްވާފައިވާއިރު މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މިއަދު ވިދާޅުވީ ދަޢުލަތަށް ދައްކަންޖެހޭ ފައިސާހޯދުމަކީ ރައްޔަތުންނަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
“ހަމައެގޮތައް ސަރުކާރުތަކުން ޢާއްމުވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދިނުމަކީ އިޤްތިސާދު ކުރިއަރާ ފުދުންތެރިކަން އިތުރުވާނެކަމެެެއް.” މޫސާ މަނިކު ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން ހަމަޖައްސަންޖެހޭ ވިޔަފާރީގެ އެތައް މުޢާމަލާތްތަކެއް ހަމަނުޖައްސާ އެބަހުރި ކަމަށެވެ.
“ޓެކުހާއި ބިމުކުލިފަދަ އެތައް ފައިސާއެއް ނަގާނެ އުސޫލު ކަނޑައަޅާ ތަންފީޒު ކުރުމަށްފަހު ވިޔަފާރިކުރާ ފަރާތްތަކުން އެއީ ދައްކަންޖެހޭނެ އަދަދުކަމަށް ބަލައިގެން ވިޔަފާރިތައް އިންތިޒާމުކުރާތާ މަސްދުވަސް ނުވަނީސް ސަރުކާރުން ބޭނުންވީމަ ބިމުކުއްޔާއި ޓެކްސްވެސް ކުއްލިއަކަށް ބޮޑުކުރުމުގެ ސަބަބުން ވިޔަފާރިތަކުން ސަރުކާރަށް ފައިސާނުދެއްކި އިންތިހާއަށް ޖޫރިމަނާވެސް އަރާފަ އެބަހުރި.” މޫސަ ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް ބައެއް ޙާލަތުގައި ސަރުކާރުން ލުއިދޭ އަމިއްލަ ވިޔަފާރިތަކެއްވެސް ހުންނަ ކަމަށާއި އެފަދަ ވިޔަފާރިތައް އަބަދުވެސް ސަރުކާރުތަކުގެ "ގުޑްބުކް" ގައި އޮންނަކަމަށް ވިދާޅުވެ މޫސަ ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.
“އެއީ ކެމްޕޭނަށް ފައިސާދޭ ފަރާތްތަކާއި ސަރުކާރުގެ އެކިފަންތީގެ ވެރިންނަށް ރިޝްވަތުދޭ މީހުން. އެމީހުނަކަށް ހާސްކަމެއްނެތް؟ މިހުރިހާ ކަމެއް ރަނގަޅުވާނީ ހަމަހަމަ ފުރުސަތު އެންމެނަށް އޮވެގެން.” މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރޭ ވިދާޅުވެފައިވަނީ ސަރުކާރުގެ ވިސްނުން ހުރީ ކޯޓަށް ގޮސްގެން ވިޔަސް ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކުހުގެ ގޮތުގައި ދަޢުލަތަށް ދައްކަންޖެހި ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދުމަށް ކަމަށެވެ. އަދި އެފައިސާ އެކަނި ހޯދިޔަސް ދަޢުލަތުގެ ދަރަނީގެ މައްސަލަ ޙައްލުވާނެ ކަމަށް ރައީސް ރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު