ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕް ޖަހައިގަނެގެން އުޅެނީ ކާޅުހެދީމާ ކޮވެލި ބިސް އަޅާ އުސޫލުންކަމަށް އެމްޑީޕީ އުފެއްދުމުގައިވެސް މަސައްކަތް ކުރެއްވި ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދުމަށް ބޭނުންވާ ސޮއިކުރެއްވި މީހުންގެ ފޯމާއިއެކު މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން އުފެއްދި ޕާޓީއެއްކަމަށެވެ. ޚާއްސަކޮށް ޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ އިސްނެންގެވި 21 މެމްބަރުންނަކީ ޕާޓީ މިއަދު މިހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މީހުންކަމަށެވެ. މިއަދު އެމީހުން އެއްކައިރިކޮށް އެމްޑީޕީ އަމިއްލަ ތަރިކަ މުދަލަކަށް ހެދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންދާކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިގޮތަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ. އަދި މިއަދު ނަޝީދު އިސްކޮށް ހުންނަވައިގެން އަމިއްލަ ޕާޓީގެ އިސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެެއް މަޖިލީހަށް ވައްދަން އުޅުއްވުމަކީ "ރައީސް ނަޝީދުގެ ނިމުން" އަންނާނެ މަސައްކަތެއް ކަމަށް މޫސަ ސިފަ ކުރައްވާފައި ވެއެވެ. ރައީސް ނަޝީދަށް ވަޒީރު ބޭރުނުކުރެވި ވަޒީރެއްގެ އަތުން ބަލިވުމުގެ އިހުސާސް ކިތަންމެ ރަނގަޅަށްވެސް ކުރެވޭނެކަމަށް މޫސަ ވިދާޅުވިއެވެ.
"އަމިއްލަ ޕާޓީގެ ވަޒީރެއްގެ އަތުން ބަލިވީމަ ބުރަދަން އިހްސާސް ކުރެވޭނީ. ކާޅުހާލިހެދީމަ ކޮވެލި ބިސް އަޅައިގެން ހާލީގަ އޮވެވެނީ ކިހާ ދުވަހަކުތޯ؟" ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓް މަޖިލީހަށް ވައްދާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް އަދާއިހަމަޔަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ނަޝީދު ވަނީ އެޕާޓީގެ ގައުމީ މަޖިލިސް ގްރޫޕްގައި ފައްޔާޒު އުޅުއްވަނީ "ބްރޯ ހެދިގެން" ޕާޓީއަށް ވެރިވެ ގަންނަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެގޮތަށް ފައްޔާޒަށް އެމްޑީޕީގެ ތެރޭގައި ނޫޅެވޭނޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ފައްޔާޒަށް އިންޒާރު ދެއްވާފައެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް މަޖިލިސް ތެރެއިން ނިންމުމަށްޓަކައި މެމްބަރުންނަށް އަބަދުވެސް ގުޅާނެކަމަށެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އެކަން ކުރަނީ ސަރުކާރަށް ރަނގަޅަކަށް އަދި ރައީސް ޞާލިހަށް ފަސޭހަ ކަމާއިއެކު ވެރިކަން ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ރީކޯ މޫސަގެ ޓްވީޓަށް ކޮމެންޓު ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުންވެސް މިއީ "ނަޝީދުގެ ނިމުން" ކަމަށް ވިދާޅުވެފައި ވެއެވެ. ދެން ރައީސް ނަޝީދަކަށް ސިޔާސީ ގޮތުން ލިބޭނެ ކާމިޔާބެއް ނެތްކަމަށްވެސް ބައެއް ފަރާތްތަކުން ވިދާޅުވެފައި ވެއެވެ. ރައްޔިތުން ނުހަނު ބުރަ މަސައްކަތުން ގެނައި ސަރުކާރު އަމިއްލަ މީހާގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތަކީ ކާމިޔާބް ވާނެ މަސައްކަތެއް ނޫންކަމަށް ވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ޕާޓީގެ ވަޒީރެއްގެ އަތުން ބަލިވީމަ ބުރަދަން އިޙްސާސް ކުރެވޭނީ.
— Moosa Maniku (Reeko) (@ReekoMoosa) August 15, 2020
ކާޅުހާލިހެދީމަ ކޮވެލި ބިސް އަޅައިގެން ހާލީ ގައޮވެވެނީ ކިހާ ދުވަހަކުތޯ؟ pic.twitter.com/E4VqUJuW0R
ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓް މަޖިލީހަށް ވައްދާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް އަދާއިހަމަޔަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ނަޝީދު ވަނީ އެޕާޓީގެ ގައުމީ މަޖިލިސް ގްރޫޕްގައި ފައްޔާޒު އުޅުއްވަނީ "ބްރޯ ހެދިގެން" ޕާޓީއަށް ވެރިވެ ގަންނަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެގޮތަށް ފައްޔާޒަށް އެމްޑީޕީގެ ތެރޭގައި ނޫޅެވޭނޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ފައްޔާޒަށް އިންޒާރު ދެއްވާފައެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް މަޖިލިސް ތެރެއިން ނިންމުމަށްޓަކައި މެމްބަރުންނަށް އަބަދުވެސް ގުޅާނެކަމަށެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އެކަން ކުރަނީ ސަރުކާރަށް ރަނގަޅަކަށް އަދި ރައީސް ޞާލިހަށް ފަސޭހަ ކަމާއިއެކު ވެރިކަން ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ރީކޯ މޫސަގެ ޓްވީޓަށް ކޮމެންޓު ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުންވެސް މިއީ "ނަޝީދުގެ ނިމުން" ކަމަށް ވިދާޅުވެފައި ވެއެވެ. ދެން ރައީސް ނަޝީދަކަށް ސިޔާސީ ގޮތުން ލިބޭނެ ކާމިޔާބެއް ނެތްކަމަށްވެސް ބައެއް ފަރާތްތަކުން ވިދާޅުވެފައި ވެއެވެ. ރައްޔިތުން ނުހަނު ބުރަ މަސައްކަތުން ގެނައި ސަރުކާރު އަމިއްލަ މީހާގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތަކީ ކާމިޔާބް ވާނެ މަސައްކަތެއް ނޫންކަމަށް ވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު