ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މުރައިދޫގެއަށް ބަދަލުވެވަޑައިގެންފިއެވެ.

މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު ގެކޮޅު ހަމަޖައްސައިދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ހުންނެވި ގެކޮޅެވެ.

20 ވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

ޢަބްދުއްރަހީމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. މަޖިލީހުގެ ރައީސް މުރައިދޫގެއަށް ބަދަލުވެވަޑައިގެންފައި މިވަނީ އެ ގެ މަރާމާތު ކުރުމަށްފަހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެކުރިން ޢަބްދުއްރަހީމް ވަނީ މުރައިދޫގޭގެ އެއް މަގާމުގެ ނަން ބަދަލުކޮށް، ހަތަރު މަޤާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށް އެދި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް ހުށައަޅުއްވާފައެވެ.

އަދި މަޖިލީހުގެ އާއްމު ކޮމެޓީން އެ ހުއްދަ ދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން