އަމާޒަކީ އަންނަ އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުން ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ފަށަން ސަރުކާރުން ކުރިން ނިންމީ މިމަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް ދިމާވި ތަފާތު ސަބަބުތަކަކާ ގުޅިގެން މިހާރުގެ އަމާޒަކީ ކުރިއަށް އޮތް އޮގަސްޓް މަހު ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ރަސްމީކޮށް ފެށުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދަން މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅުއްވާނެ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.
“ކުރިން ލަފާކުރީ ޖުލައިމަސް ތެރޭގައި ހުރިހައި ކަމެއް ނިންމޭނެކަމަށް. ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ލަފާމިކުރެވެނީ އަންނަމަހު އިރާދަކުރެއްވިއްޔާ މި ބޭންކް ވުޖޫދުކުރެވޭނެ.” ސައީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށާއި ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޭންކު ހިންގަން ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު