ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ސިޔާސީ މަގާމުތައް ކެޕްކުރުމަކީ ގާނޫނު ހަދައިގެން ގެންނަން ޖެހޭ ބަދަލެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިބީދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް އޭނާ މަޖިލީހަށް ހުށައެޅުއްވި ޤަރާރުގެ ކޮމިޓީ މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޝުޖާއި ވިދާޅުވީ ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ކުޑަކުރުމަކީ ތިންބާރުންވެސް އެކުއެކީގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ ކުރެވޭ ހޭދަވެސް ކުޑަކުރަން ޖެހޭ ކަމަށް ޝުޖާއު މިއަދު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ކުރިއަރާފައިވާ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު ވަނީ ކެޕްކޮށްފައި ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ޤާނޫނު އަސާސީއަށް ބަދަލުގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

“ރައްޔިތުންގެ މަޖިލީސް ކެޕް ކުރުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކެޕްކުރުމަކީ މިހާރު ގާނޫނު ހަދައިގެން ގެންނަން ޖެހޭ ބަދަލެއް.” ޝުޖާއު މިއަދު ވިދާޅުވެފައިވެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ސިޔާސީ މަޤާމުތައް 700 އަށްވުރެ އިތުރު ނުކުރަށްވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމް.ޑީ.ޕީން ބުނެފައިވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތައް މިހާރު ވަނީ ދެހާހަށް ވުރެ މައްޗަށް އަރާފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އިއްބެ

29-Jul-2024

ތިޔަހެއްދެވުނީތެދެއް



ޓްރެންޑިން