ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒް (މ)
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒް (މ)
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފިރާޒް މިއަދު ވިދާޅުވީ، ޕީސީބީގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ފިރާޒް ވިދާޅުވި އެވެ.



ޕީސީބީ ބޯޑުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ޖުމްލަ ހަތް މެންބަރުން ތިއްބަވައެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުން، ޕީސީބީގެ ރައީސް އާއި ނައިބު ރައީސައަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް އަދި ސިޔާސީ ހަރަކާތެއްގައި ވެސް ނޫޅެވޭނެ އެވެ.

ނަމަވެސް ފިރާޒް ސިޔާސީ ޙަރަކާތްތަކެއްގައި އުޅުއްވިކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އެސް.އޯ.އީ ކޮމެޓީން ވަނީ ބަލާފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނައިބު ރައީސްކަމަށް ފިރާޒް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން