ރައީސް ޞާލިހުގެ ސަރުކާރުން އިންޑީއާއިން ބޮޑެތި ލޯނުތައް ނަގަމުންދާއިރު އެލޯނުތައް ނުދެއްކި ވެދުމަށް އަރުވަން އޮތީ ކިތައްރަށްތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ސުވާލު އުފައްދަވައިފިއެވެ.
މިފަހުން އިންޑިޔާއިން ނެގި ބޮޑު އަދަދުތަކުގެ ލޯނުތަކަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ޤައުމުތަކުން ލޯނުތައް ނަގަނީ އެލޯނުތައް އަދާކުރާނެ ގޮތްތަކުގެ ޕްލޭނެއް ހެދުމަށް ފަހުގައިމަށެވެ. މިއަދު ފެނިގެން މިދަނީ ފުލު ފުލުގައި ލޯނުތައް ނަގައި ގައުމު ދަރަނިވެރި ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި މީގެ ބަދަލުގައި މިފަހަރު ވެދުމަށް އަރުވަން އޮތީ ރާއްޖޭގެ ކިތައް ރަށްތޯ ވިދާޅުވެ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.
"ތިޔަ ނަންގަވާ ލޯނުތައް ދެއްކޭނެ މިންވަރުގެ ރެވެނިއުއެއް ސަރުކާރަށް ކުރިއަށް އޮތް ތަނުގައި ލިބޭނެތޯ؟ ލޯނު ނުދެއްކިއްޖެނަމަ މިފަހަރު ވިއްކަން ހުށައަޅާފައިވަނީ ކޮން ރަށްތަކެެއް، ހަރުމުދަލެއްތޯ؟" ޑރ.ޖަމީލް ވިދާޅުވިއެވެ.
ފެށުނީއްސުރެ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ ޤައުމު ދަރަނި ވެރި ކުރުވައި ރައްޔިތުން ހާލުގައި ޖެލްސުމުގައި އެންމެ އިސްކޮށް ތިއްބެވީ ރައީސް ޞާލިހާއި ރައީސް ނަޝީދު ކަމަށެވެ. މިއަދު ފެނިގެން މިދަނީ ސަރުކާރުގެ މުވައްޒިފުންނަށް މުސާނުދެވޭ ކޮންމެ ހާލަތެއްގައި ބޭރުގެ ގައުމުތަކުން ބޮޑެތި ލޯނުތައް ނަގާ މަންޒަރުކަމަށެވެ. މިއީ ނުރައްކާތެރި ކަމެއްކަމަށާއި، ޤައުމުގެ އިޤްތިޞާދު މިހާ ބޮޑު އަނދަވަޅެއްގައި އޮއްވާ ބްރިޖާއި އެނޫން ކަންކަން ކުރުމަށްވުރެ ރައްޔިތުންގެ އަތްމަތި ތަނަވަސް ވާނެގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، ރައީސް ނަޝީދު ދަރަނިވެރިވެ އެސެޓްވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖްއެޅުން ވާޖިބްވީ ކީއްވެތޯ؟ ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯން ނަގުން ނޫން ވިސްނުމެއް ނެތީތޯ؟ އައްޑޫ ގަން އިގިރޭސީންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ދޭން ފަށަނީތޯ؟
މިސަރުކާރުން ވެރިކަމަށް ވަޑައިގެންނެވީ ދެފުއްފެންނަ ގޮތަކަށް ކަންކަން ކުރާނެކަމަށް ވައުދުވެ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެންކަމަށް ޖަމީލު ވިދާޅުވިއެވެ. ނަމަވެސް މިއަދު މިފެނިގެންދަނީ އެއްވެސް ހާމަކުރުމެެއްނެތި ތިމާމެން ބޭނުންވީމަ ބޭނުން ގޮތަކަށް ބޮޑު ދައުލަތަކާއި ކުޅޭ މަންޒަރުކަމަށެވެ. މިފަދަ ކަންކަމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ މަސްލަހަތު އެކުލެވޭ ކަންކަމަށްވުމުން މިފަދަ ކަންކަން ކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
"ރައްޔިތުންގެ ވެރިކަމެއް ނަމަ ފޮރުވައިގެން ކަންތައްތައް ނިންމަނީ ކީއްވެތޯ؟ ދިވެހިންނަކީ ކޮންމެ ބައެއްގެވެސް އިހުސާންތެރިކަމަށް ޝުކުރުވެރިވާ ބައެއް. އެހެން ނަމަވެސް ކުރާ އެއްވެސް ކަމަކުން ޤައުމުގެ މިނިވަންކަން ގެއްލި އަޅުވެތި ވެގެން ނުވާނެ." ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު