މާލޭގެ ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގީ މާފަންނު އޯކިޑްޕްލާޒާގޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 03:31 ހާއިރު ކަމަށެވެ.

އަދި ހަމަވަގުތުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވި ކަމަށް ވެސް އެމްއެންީއެފްއިން ބުނެއެވެ.

އެ އަލިފާންގަނޑު ނިއްވާލެވުނީ ދޮޅު ގަޑިއިރެއްހާއިރު ފަހުން ރޭ ފަތިހު 04:49 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ރޯވި ގެއަކީ މީހުން ދިރިނޫޅޭ ގެއެއް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ގޭގައި ރޯވިލެއް ބޮޑުކަމުން ކައިރީގައި ހުރި ގެތަކުން ވެސް މީހުން ނެރެފައި ވެއެވެ. އެހެންނަމަވެސް ރޯވިގެއާއި އެގޭގައި ހުރި ތަކެއްޗަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުވެސް ވަނީ މާލޭގެ މީހުން ދިރިނޫޅޭ ގެއެއް ކަަމަށްވާ މ. ރަބީއުވިލާގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން