ށ.ފޯކައިދޫ ހުޅަނގުފަރާތުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތް ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކޮށްދިނުމަށް އެދި އެރަށުގެ ގިނަބަޔަކު ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްވެރިންގެ އަރިހުގައި އާދޭސް ދަންނަވަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށާއި، ޕްލޭނިން މިނިސްޓަރ އަސްލަމް އަށާއި، އަދިވެސް ކަމާއި ބެހޭ އިތުރު ވުޒާރާތަކަށް ހުށަހަޅާފައިވާ މި ޕެޓިންޝަން "ރަސް އޮންލައިން" އަށްވެސް ވަނީ ލިބިފައެވެ. މި ޕެޓިޝަންގައި ވަނީ ރަށުގެ ބަނދަރު ތަރައްޤީ ކުރުމަށް މިސަރުކާރުން މަސައްކަތް ކުރާކަމީ ނުހަނު އުފާ ކުރާ ކަމެއްކަމަށެވެ.

"ސަރުކާރުން ނިކަމެތި ރައްޔިތުންގެ ދަތިއުނދަގޫ ފިލުވައިދެއްވުމަށް ބަނދަރެއް އަލުން ހައްދަވައިދެއްވުމަށް ނިންމާފައިވާ ކަމަށްޓަކައި ފަށްފަށުން ޝުކުރުއަދާކުރަން." މި ޕެޓިޝަންގެ ސިޓީގައި ވެއެވެ.

ފޯކައިދޫގެ ގިނަބަޔަކު ސޮއިކޮށްފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ ވަކި ބައެއްގެ ނުފޫޒާއި ބާރުން ރަށުގެ ހުޅަނގު ކޮޅުގައި ބަނދަރު ހެދުމަށް ނިންމި ނިންމުމަކީ ރަށަށް އެއްވެސް ފައިދާ ހުރި ގޮތެއް ނޫންކަމަށެވެ. ރަށުގެ ހުޅަނގުފަޅި، އޮޑިދޯނި ފަހަރު އެޅުމަށް އާންމުކޮށް ބޭނުން ކުރަމުންދަނީ 3 މަސް ދުވަސް ކަމަށާއި، އަނެެއް 9 މަސް ދުވަހު ބޭނުން ކުރަނީ ރަށުގެ އިރުމަތީ ފަރާތުގެ ފަޅުކަމަށް މި ޕެޓިޝަންގައި ވެއެވެ.

"އެހެންނަމަވެސް މި ދަތި ތަހައްމަލްކުރަމުން ދާ ފަޅަކީ މިހާރުވެސް ހުޅަނގުއުތުރުގައި، ކޮނެފައިވާ ފަޅެވެ. އެ ފަޅު އިތުރަށް ހުޅަނގަށްޖައްސާފައި ކޮނުމުން މާ ބޮޑު ފަސޭހައެއް ވާނެކަމަކަށް ނުބެލެވެއެވެ. ކަންމިހެން އޮތުމާއެކު މި ނިކަމެތި ރައްޔިތުން މިހާރުވެސް އޮޑިފަހަރު މި ގެންގުޅެނީ އެންމެ ތިން މަސް ފިޔަވާ އަހަރުގެ 9 މަސް ދުވަހު ރަށުގެ އިރުމަތީ ފަޅީގައެވެ. ވުމާއެކު ރައްޔިތުންނަށް ފަސޭހަ އަމާން ބަނދަރެއް ލިބިގެންދާނީ ރަށުގެ އިރުމަތީ ފަޅީގައި، ކުރިން މިދެންނެވި 9 މަސްދުވަހު ދޯނިފަހަރު ގެންގުޅޭ ފަރާތުގައި ފަޅެއް ކޮނެދެއްވީމާ ކަމަށް ޤަބޫލްކުރެވެއެވެ." ޕެޓިޝަންގެ ސިޓީގައި ވެއެވެ.

މި ޕެޓިޝަން ހުށަހެޅި މީހުން ބުނެފައިވަނީ މިހާރު ރަށުގެ ހުޅަނގު ފަރާތުގައި ފަޅުކޮނުމަށް އެ ހުށަހަޅާ ހުށައެޅުމަކީ ރަށުގެ ނުފޫޒު ގަދަ މަދު ބައެއްގެ މަސްލަޙަތަށްޓަކައި ރަށުގެ ގިނަ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާ ވަރުގަދަ ޖަރީމާއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުގެ ސަރުކާރުން ރައްޔިތުންނަށް ކޮނެދެއްވާ ފަޅު، ފޯކައިދޫ އިރުމަތީ ފަރާތުގައި ތަރައްޤީކޮށްދެއްވުމަށް އެދޭ ޙާލު، އާދޭހާއި އެކު ދަންނަވާކަމަށް، މި ޕެޓިޝަންގައި ވެއެވެ.

މި ޕެޓިޝަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވީނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙިޔާލު

16-Aug-2020

ތިކަމަައް މީގެ ކުރިން ވެސް ވަނީ ވޯޓު ނަގާފަ އެފަހަރު ހުޅަނގު ކޮޅުގާ ފަޅު ހަދަން ގިނަ ވޯޓު ލިބިފަ އޮތީ އިރުމަތީ ފަަޅީގަ ފަޅު ހަދަން ލިބުނީ އެންމެ 3 ވޯޓު. މީތޯ ތިބުނާ އެންމެން ބޭނުންވާ ގޮތަކީ??


5

މުއްލާ

16-Aug-2020

ޕެޓިޝަނަށް ބުރަނުވެ ރަށުގެ ކައުންސިލްގެ ބަހެއް ވެސް ހޯދާލިނަމަ ވަރަށް ރަނގަޅުވީސް. މިފަދަ ޒިންމާދާރުކަން ކުޑަ އަދި ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތައް ރިޕޯޓް ލިޔުނީތީ ހިތާމަކުރަން.


-3

ކާދިރިޔާ

16-Aug-2020

މާޝާ މިލިޔުން ލިޔުމުގެ ކުރިން ރަނގަޅަށް ދިރާސާ ނުކުރިކަން ހިތާމަޔާއެކު ފާހަގަކުރަން. ޒާތީ ތައައްސުބުގެ ތެރެއަށް ރަސް ނޫސް ނުވަދެ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް އިލްތިމާސް ކުރަން


-9

އަހުމަދު

16-Aug-2020

ޕެޓިޝަނުގެ މަގުސަދަކީ މިސަރުކާރުން ކޮންނަން އުޅޭފަޅު ހުއްޓުވުން. ފޯކައިދޫ ރައްޔިތުން އެދޭގޮތެއްނޫން އެއީ. ގިނަ ރައްޔިތުންގެ ނަމުގައި ސޮއި ކުރީ އެކަކު. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ



ޓްރެންޑިން