ކޮންމެ ފަދަ ގޮތަކަށް ހަމަލާ ދިނަސް، އެމްޑީޕީގެ މެމްބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިކޮންމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފެއްޓެވުމުން އެމްޑީޕީގެ އެތެރޭގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަމިއްލަ ޕާޓީގެ މިނިސްޓަރަކު މަގާމުން ބޭރު ކުރައްވަން ޕާޓީގެ ރައީސް އުޅުއްވުމުން، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް އޮތް ކަމަށް އިދިކޮޅުން ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު، މަގާމުން ދުރު ކުރަން އުޅުމަކީ އެ ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.
އެކަމާ ގުޅިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަން ބޯ، އަޑު އުފުލާ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނާނެ ކަމަށެވެ. އެކަމަކު ކޮންމެ ފަދަ ގޮތަަކަށް ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ތަފާތު އަދި ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ އަދިވެސް ހައިރާންވޭ." ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި، "ބްރޯ" ހެދިގެން އުޅުއްވައިގެން ނުވާނެ ކަމަށާއި އޭނާ ވެސް އުޅުއްވަން ވާނީ ނިޒާމުގެ ތެރޭގައި ކަމަށް ރައީސް ނަޝީދު ވަނީ، ފައްޔާޒަށް ހަނދާން ކޮށްދެއްވާފައެވެ. އެމްޑީޕީން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ފެށުމާއި ގުޅިގެން އޭނާ ވިދާޅުވީ މިހާރު މި ފެންނަނީ ރާއްޖޭގެ ޑިމޮކްރަސީ އަށް ޖާގަ ލިބެމުންދާތަން ކަމަށެވެ. އަދި ސިޔާސީ ގޮތުން އެ ބަޔަކު އެ ވަގުތެއްގައި ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ކުރަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިއެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެ ކަމަށެވެ. އެކަމަކު އެއާ ގުޅިގެން ގައުމީ މަޖިލީހުގެ ގްރޫޕްގައި ނުތަނަވަސްކަން އުފެދޭގޮތަށް ވާހަކަތައް ނުދެއްކެވުމަށް މެމްބަރުންގެ އަރިހުން ފައްޔާޒު އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު