އިންޑިއާގެ ޓުޓިކޮރިނުން އައްޑޫ ސިޓީއަށް ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު މިއަދު ހިތަދޫ ޕޯޓަށް ބަނދަރުކޮށްފިއެވެ.

މިއީ އައްޑޫ ސިޓީއަށް މި މަހުން ފެށިގެން ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯގެ ޚިދުމަތް ފެށި ފަހުން އައްޑޫ ސިޓީއަށް ޓުޓިކޮރިނުން އައި ތިން ވަނަ ބޯޓެވެ.

މި ބޯޓުގައި 800 ޓަނުގެ މުދާ ވަނީ އައްޑޫ ސިޓީއަށް ގެނެސްފައެވެ. ޕެރިޝަބަލް ކާގޯގެ ތެރޭގައި ފިޔާ، އަލުވި، ކަރާ އަދި ބިސް ހިމެނެއެވެ. މީގެ އިތުރުން ޖެނެރަލް ކާގޯވެސް ހިމެނެއެވެ.

ތިން ވަނަ ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ މިއަދު ހިތަދޫ ޕޯޓަށް ވަޑައިގެންފައެވެ.



މި ދަތުރުތަކަކީ ދާއިމީ ގޮތެއްގައި ޓުޓިކޮރިނުން ދަގަނޑު ބޯޓު ފަހަރުގައި އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެނައުމަށް އެމް.ޕީ.އެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސެސް ގުރޫޕް މެދުވެރިކޮށް ޖުލައި މަހުގެ ތެރޭގައި ފެށި ދަތުރުތަކެކެވެ. އެންމެ ފުރަތަމަ ބޯޓު އައްޑޫ ސިޓީއަށް ދަތުރުކުރީ 10 ޖުލައިގައެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ފުޑް ސެކިއުރިޓީ ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއަރުވައި، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން