ރ. އަލިފުށި (ފޮޓޯ- އަލިފުށި އޮންލައިން)
ރ. އަލިފުށި (ފޮޓޯ- އަލިފުށި އޮންލައިން)
ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައާއި ގުޅިގެން ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ އަލީ އަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުން އަންހެން މީހާއަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށްވެސް ވަނީ ގެންގޮސްފަ އެވެ. އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާގެ އަސަރު ނުކުރާ ކަމަށްވެއެވެ. އަންހެން މީހާގެ އަނގަޔަށް އޭނާގެ ކުރީގެ ފިރިމީހާ ލައްފިލުވާ އެޅި ސަބަބެއް ނޭގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން