އެމް.އެމް.ޕީ.އާރު.ސީ. ހިޔާނާތުގެ މިނިވަން ތަޙުޤީޤެއް ކުރަން މިސަރުކާރަށް ނުކެރޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ޗެލެންޖު ކުރަށްވައިފިއެވެ.
ރައީސް ޔާމީންގެ ޕާޓީ ޕީ.އެން.އެފްގެ ހަރުގެ ޖަލްސާގައި ރައީސް ޔާމީން ރޭ ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާގައި ޖެހިފައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އެހެންކަމުން އެބޮޑު ޚިޔާނާތުގެ މައްސަލަ ބަލަން މި ސަރުކާރަކަށް ނުކެރޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް ޑރ. މުޢިއްޒަށް ޗެލެންޖު ކުރަށްވާފައެވެ.
“އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޗެލެންޖުކޮށްފައި ދަންނަވާ ވާހަކައެއް. ކެރިވަޑައިގަންނަވަންޏާ ގާނޫނުއަސާސީން ލިބިދޭ އިހްތިޔާރުގެ ދަށުން ރިޔާސީ ކޮމިޝަނެއް ނަންގަވާ.” ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ކޮމިޝަނުގައި އޭޖީ ނުވަތަ ޕީޖީ ހިމެނުއްވިޔަސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒަށް މިނިވަން ކޮމިޝަނެއް އުފައްދަވައިގެން އެމައްސަލަ ބައްލަވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި އެކަން ނުކުރަށްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ އަތުގައި އޮތް އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ޢާއްމު ކުރުމަށްވެސް މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.
ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު މައްސަލައަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެމް.އެމް.ޕީ.އާރު.ސީ. ގެ ޚިޔާނާތުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ބޮޑު ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހަކު ނަމަވެސް އެކަން ކުރި މީހުންނަށް ހައްގު އަދަބު މި ސަރުކާރުން ދޭނެ ކަމަށެެވެ. އަދި އެބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށްވެސް ރަައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު