އިންޑިޔާ އިން ރާއްޖެއަށް ދިނީ އެހީ އެއް ނޫން ކަމަށާއި އިންޑިއާއިން 750 މިލިއަން ޑޮލަރަށް ރާއްޖެ ގަނެލީ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
އިންޑިއާ އިން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މާލީ ޕެކޭޖެއް ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
ޗެނަލް 13ގައި މިރޭ ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ބޭރުގައުމުތަކުން ލޯނު ނެގީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ލޯން ނަގަނީ މުވައްޒަފުންގެ މުސާރަ ދިނުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ އެ ލޯން އަނބުރާ ދައްކާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
އިންޑިޔާ އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ޕްރޮޖެކްޓްތައް ހިންގައިގެން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ އެކަން ކަމަށް ދިވެހި ރައްޔިތުން ހޭލާ ތިބުމަށް ގޮވާލައްވާފައެވެ.
"އިހަށްދުވަހު އިންޑިޔާ އިން 750 މިލިއަން ޑޮލަރުގެ އެހީއޯ މިދެނީ، ކީކޭ ދެން ބުނާނީ؟ ރައްޔިތުންނަށް އޮޅުވާލަން ފޮރިން މިނިސްޓަރު ވެސް ރައީސުލްޖުމުހޫރިއްޔާ ވެސް ވިދާޅުވީ އެހީއޭ މިއީ. އެހީ އެއް ނޫން، މިއީ ލޯން, މިމީހުން ފާޑުފާޑުގެ ނަންނަން މިކިޔަނީ، ނުރައްކާތެރި އެގްރިމެންޓްގައި ސޮއިކޮށްގެން ދިވެހިރާއްޖެ ގަނެލީ. އޭގެ ތެރޭގައި މިހިމެނެނީ 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް، ޗާޕްކުރީ 4.4 ބިލިއަން ރުފިޔާ ހުސްކޮށްފި. ހުސްކޮށްފަ ޗާޕް ކުރަން ލަދުގަންނާނެތީވެ 250 މިލިއަން ޑޮލަރު ހޯދީ. މީ ރިކަރަންޓް ޚަރަދު، މީގެން އެއްވެސް ކެޕިޓަލްއަށް ޚަރަދެއް ނުކުރެވޭނެ." ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރު ކްރެޑިޓް ފެސިލިޓީގޮތުގައި ނެގި ލޯނުގެ އިންޓްރެސްޓަށް ވުރެ މިސަރުކާރުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް އެތަށް ގުނައެއް ބޮޑު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ކަރަންސީ ސުވަޕާއި ކްރެޑިޓް ލައިން އަކީ ވެސް ލޯނެއް ނޫން ކަމަށް މި ބޭފުޅުން މި ވިދާޅުވަނީ، އެހީގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރުގައި ކެޕިޓަލް އިންވެސްޓްތައް ކުރުމަށްޓަކައި ހިންގައިފައިވާ ޕްރޮޖެކްޓަށް ނަގާފައިވާ ލޯނުތަކަށްވުރެ މާބޮޑު އިންޓްރެސްޓް ރޭޓްގައި އެވިދާޅުވާ ކްރެޑިޓްލައިންގެ ލޯން މިނަގަނީ. 750 މިލިއަން ޑޮލަރު މިދިޔަ ހަފުތާގައި ނެގި، މިވާހަކަތަކުގެ ފޯކަސް ގެއްލުވާލަން ވެގެން އިކޮންމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މަސައްކަތް ފެށީ. އިންޑިޔާގެ ޑީލުން ރައްޔިތުންގެ ފޯކަސް އަބުރާލުމަށް ފެށި މަސައްކަތެއްމީ، އަޅުގަނޑުމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް އެ ވޯޓަކަށް." ޝިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ގައުމު ވިއްކާލުމަށް އާ ބާބެއް ފަށާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ސަރުކާރުން އިންޑިޔާގެ ޖީއެމްއާރަށް އެއާޕޯޓް ދީ ކުޑަ ލާރިކޮޅަކަށް "ގައުމު ވިއްކާލާފައިވާ ކަމަށާއި،" 78 މިލިއަން ޑޮލަރަށަ އެއާޕޯޓް ވިއްކާލާފައި ލިބުނު ފައިސާއަށް ވެސް ވީގޮތެއް ނޭގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު