ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ނެރުނު ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެގޮތުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް 30 ޖުލައި 2024 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި ވަނީ އާންމު ކޮށްފައެވެ. އެސްޓީއޯގެ މި ކުއާޓަރގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއިގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވުމާއި ގުޅިގެން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރއާއި އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި 515 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރގައި އެސްޓީއޯ އަށް ވަނީ 203 މިލިއަން ރުފިޔާ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން