މިވަގުތަށް ސަރުކާރު އޮތީ ސަލާމަތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށް ބުނާ އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވަން މަސައްކަތްކުރައްވާ ދަނޑިވަޅެއްގައެވެ.
ޝަރީފު ވިދާޅުވީ އެމްޑީޕީއަށް ކުރިމަތިވެފައިވާ ކާރިސާއަކީ އެޕާޓީގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މިކާރިސާ ހައްލުކުރަން ޖެހޭ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިލުމުގައި މުޅި ޕާޓީ އެކީގައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ މިވަގުތަށް ސަރުކާރު އޮތީ ރައްކާތެރިކަމާއެކު ސަލާމަތުން ކަމަށެވެ. ނަމަވެސް ޕާޓީތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ބައިބައިވުންތައް ނިމުމަކަށް ގެންނަން ޖެހޭ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ ކޯޅުންތައް ނިމުމަކަށް ގެނައުމަށްފަހު އިޤުތިޞާދު އަލުން ދިރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި މަދަދުވެރިވެ އެހީތެރިވާންޖެހޭ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ރައީސް ނަޝީދާއެކު ސޮއިކުރައްވާފައިވަނީ 27 މެންބަރުން ކަމަށް ވެއެވެ.

I am confident that the government is safe for now. However, we need to bring the divisions n tussle in our party to an end n start working together to support the government in its efforts to rivive the economy.
— Ibrahim Shareef (@AdduShareef) August 15, 2020
ޝަރީފު އިތުރަށް ވިދާޅުވީ މިވަގުތަށް ސަރުކާރު އޮތީ ރައްކާތެރިކަމާއެކު ސަލާމަތުން ކަމަށެވެ. ނަމަވެސް ޕާޓީތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ބައިބައިވުންތައް ނިމުމަކަށް ގެންނަން ޖެހޭ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ ކޯޅުންތައް ނިމުމަކަށް ގެނައުމަށްފަހު އިޤުތިޞާދު އަލުން ދިރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި މަދަދުވެރިވެ އެހީތެރިވާންޖެހޭ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ރައީސް ނަޝީދާއެކު ސޮއިކުރައްވާފައިވަނީ 27 މެންބަރުން ކަމަށް ވެއެވެ.
ކިޔުންތެރިންގެ ހިޔާލު