ސާޅީއެއްގެ މައްސަލައިގައި ފިރިމީހާ ފުލުހަށް ގެންގޮއްސި- ގޫގުލް ފޮޓޯސް
ސާޅީއެއްގެ މައްސަލައިގައި ފިރިމީހާ ފުލުހަށް ގެންގޮއްސި- ގޫގުލް ފޮޓޯސް
އިންޑިއާގެ އަންހެނަކު އޭނާގެ ފިރިމީހާ އޭނާ އަށް ގަނެދޭން ބުނި ސާޅީއެއް ގަނެނުދިނުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އަނބިމީހާއަށް ފިރިމީހާ ގަނެދޭން ބުނި ސާޅީއެއް ގަނެނުދިނުމުން އެމައްސަލަ ފުލުސް އޮފީހަށް ގެންގޮސްފައިވަނީ އުއްތަރަ ޕްރަދޭޝްގެ އާގްރާއަށް ނިސްބަތްވާ އަންހެނެކެވެ.

އަނބިމީހާއަށް ސާޅީއެއް ނުގަނެދިން ކަމަށް ބުނެ، ފިރިމީހާ ފުލުސް އޮފީހަށް ގެންދިޔަ ކަމަށް ރިޕޯޓްކޮށްފައިވާ ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާގެ މައްޗަށް ގެވެށިއަނިޔާގެ ތުހުމަތު ތަކެއް ކޮށް އެކަން ފެމިލީ ކައުންސެލިން ސެންޓަރުގައިވެސް ރިޕޯޓު ކޮށްފައެވެ.

އަދި މިފަދަ ކުދިކުދި މައްސަލަތަކުގައި މި ދެމެފިރިން ވަރަށް ގިނައިން ޒުވާބު ކުރާކަމަށްވެސް މި ރިޕޯޓުގައި ވެއެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅޭ މި ދެމަފިރިންގެ މެދުގައި ކުދިކުދި މައްސަލަތަކާ ގުޅިގެން ޒުވާބު އުފެދި އަރައިރުންވާކަމަށް މަނީ ކޮންޓްރޯލް އިން ބުނެފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

އެހެންނަމަވެސް މިފަހަރު މައްސަލަ ހޫނުވެފައިވަނީ އަންހެން މީހާއަށް އާ ސާޅީއެއް ބޭނުންވުމުން އެ ގަނެ ނުދީގެން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން އަންހެން މީހާ ފެމިލީ ސެންޓަރުގައި މައްސަލަ ހުށަހަޅާފައިވަނީ ފިރިމީހާ އޭނާއަށް ޖިސްމާނީ އަނިޔާ ކުރި ކަމަށް ބުނެއެވެ. އަދި މި މައްސަލަ ޖެއްސުމުން ފިރިމީހާ ވަނީ އެ އަންހެން މީހާ ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ފޯނުން މީހަކާ ވާހަކަ ދައްކާ ކަމުގެ ދައުވާ ކޮށްފައެވެެ. އަދި އެތަނުގައި މައްސަލަ ބޮޑު ޒުވާބަކަށް ބަދަލުވާން ފެށުމުން ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމުގެ ގޮތުން މި ދެމެފިރިންނަށް ކައުންސެލިން ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަ ހައްލުވެފައިވަނީ ފިރިމީހާ އެ އަންހެން މީހާ ބޭނުންވެގެން އުޅުނު ސާޅީއެއް ގަނެދޭން އެއްބަސްވުމުން ކަމަށެވެ. އަދި އެ ސާޅީ ގަނެދިނުމަށް އެއްބަސްވުމުން މައްސަލަ ހައްލުކޮށް ދެމެފިރިން އެކުގައި އެތަނުން ދިޔަ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

މިފަދަ މައްސަލަތައް މިހާރު އިންޑިއާގައި ވަރަށް ގިނައިން ފެންމަތިވެއެވެ. އެގޮތުން މިދިޔަ މަހުވެސް އާގްރާގެ އަންހެނަކު ވަނީ ކުރުކުރޭ ޕެކެޓެއް ގަނެ ނުދިނުމުން ފިރިމީހާ ގާތުން ވަރިވާން އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން