އިސްރާއިލުން ލުބްނާނުގެ ވެރިރަށް ބެރިރޫތަށް ހަމަލާދީ ތިން މީހަކު ޝަހީދުކޮށްލައިފި އެވެ.

މިއީ އިސްރާއިލާ ލުބްނާނުގެ ހިޒްބުﷲއާ ދެމެދު ހަމަލާތައް މި ފަހުން ބަދަލުކުރަން ފެށިފަހުން އިސްރާއިލުން ބެއިރޫތަށް ދިން ފުރަތަމަ ހަމަލާ އެވެ.

މީގެ ކުރިން ހުރިހާ ހަމަލާއެއްހެން އިސްރާއިލުން ދީފައިވަނީ ލުބްނާނާ އިސްރާއިލު ގުޅޭ ބޯޑަރު ސަރަައްދުގައި ހުންނަ ލުބްނާނުގެ ސަރަހައްދު ތަކަަށެވެ.

ލުބްނާނުގެ ނެޝަނަލް ނިއުސް އޭޖެންސީން ބުނީ އެ ހަމަލާ ދީފައިވަނީ މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ.

އިސްރާއިލުން ބުނީ އެ ހަމަލާ ދިނީ ހިޒްބުﷲގެ ކޮމާންޑަރަކަށް އަމާޒުކޮށް ކަމަށެވެ. އެއީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲގެ އެޑްވައިޒަރެކެވެ.

ހަމަލާ އަމާޒުކުރި ހިޒްބުﷲގެ ކޮމާންޑަރު ފުއާދު ޝުކުރު އެހަމަލާގައި ސަލާމަތްވި ނަމަވެސް ތިން މީހުން ޝަހީދުވެ 70 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބްނާނުގެ މީޑީިއާތަކުން ވަނީ ބުނެފަ އެވެ.

އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަން ފެށިފަހުން ހިޒްބުﷲއިން ދަނީ ގަވައިދުން އިސްރާއިލަށް ހަމަލާތައް ދެމުން ނެވެ.، އެ ހަމަލާތައް ހުއްޓުވުމުގައި އިސްރާއިލުން ވަނީ ނުކުޅެދިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން