ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ
ގިނަ ރައްޔިތުން މިހާރު ތާޢީދު ކުރަނީ ކަތީބު ސިސްޓަމަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުށްވަމުން ސަޢުދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކުރަމުންދާ ކައުންސިލްތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ.

އަދި ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ކުރީގައި އޮތް ކަތީބު ސިސްޓަމަށް ތާޢީދުކުރާ ރައްޔިތުންގެ ނިސްބަތް އިތުރުވަމުންދާކަމަށް ސަޢުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކަތީބު ނިޒާމުގައި ވެރިކަމަށް މީހަކު އަންނަނީ ތަޢުލީމާއި ތަޖުރިބާ ހުރެގެން ކަމަށާއި އެހެންކަމުން ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ވެރިކަންކުރުމަށް އެފަރާތްތަކަށް އެނގޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

“މިހާރުވެސް ފެންނަ ނުފެންނަ ވޯޓެއް ލައިފިއްޔާ ގިނަ ރައްޔިތުން ތާއީދުކުރާނީ ކަތީބު ސިސްޓަމަށް.” ސަޢުދު ވިދާޅުވިއެވެ.

ސަޢުދު އިތުރަށް ވިދާޅުވީ ކައުންސިލަރުން އިންތިޚާބު ކުރާނަމަ ހޮވަންވީ ހަމައެކަނި ރައީސަކާއި ނައިބު ރައީސެއް ކަމަށާއި ބާކީ ތިބޭ މެންބަރުންނަކީ އިއުލާނުކޮށްގެން މެރިޓް އުސޫލުން އެ ވަޒީފާއަށް ނެގޭ މެންބަރުން ކަމަށް ހެދުމަށް ފެންނަ ކަމަށްވެސް ސަޢުދު ވިދާޅުވި އެވެ.

ސަޢުދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ބައި އިލެކްޝަންތައް ބޭއްވުމަށް މިހާރު ގާނޫނުގައި އޮންނަ 60 ދުވަހުގެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން