ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
މިސަރުކާރުން ސިޔާސީ ހަމަޖެހުމާއި މަސްލަހަތު ގާއިމްކުރާނީ ސިޔާސީ މީހުން ޖަލަށް ލައިގެން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.

ދާދިފަހުން އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ބެރިކޭޑެއް އެއްލާލި މައްސަލަ އަށް އިޝާރަތް ކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އެމައްސަލަ ބަލައި އެބޭފުޅުން ޖަލަށްވެސް ލެވިދާނެ ކަމަށެވެ. ހޯމް މިނިސްޓަރު އިމްރާން އެހެން ވިދާޅުވި ނަމަވެސް ބެރިކޭޑް އެއްލާލި ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރައްވައެވެ.

"މަހުލޫފް ޖަލަށް ލެވުނީ ބެރިކޭޑެއް އެއްލާލައިގެން، އިހަށްދުވަހު ދިޔަ ހާލަތުގައި ކިތައް ބޭފުޅުން ކިތައް ބެރިކޭޑް ތޯ އެއްލާލީ. އުސޫލެއްގެ ގޮތުން ހަމަ ޖަލަށްލާން ޖެހޭވަރުގެ ކަމެއް އެގޭތޯ، އެހެން ނަމަވެސް ސިޔާސީ ބަހުރުވައިން ނަމަ ހަން އެއަށްވުރެ ބޯވީމަ އަޅުގަނޑުމެން ވަރަށް ކެތްތެރިކޮށް މިތިބީ، އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ އެގޭތޯ، ސިޔާސީ ހަމަޖެހުމާއި ރައްކާތެރި ކަމާއި މަސްލަހަތު ގާއިމްކުރާނަން ސިޔާސީ މީހުން ޖަލަށް ނުލައި އެހެން ނަމަވެސް ގާނޫނު ތަންފީޒު ކުރުމާއި އުސޫލުތައް ހިފެހެއްޓުމަކީ ވެސް އޮތް ކަމެއް، އެއްވުންތަކުން ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން ކުރުމަށް އިލްތިމާސްކުރަން." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ވާދަވެރި ފަރާތްތަކަށް ފުރުސަތު ދީގެން ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަކީ ރައީސް ސޯލިހްގެ ސަރުކާރުން ހޯދި ބޮޑު ކާމިޔާބީ އެއްގެ ގޮތުގައި އިމްރާން ވަނީ ސިފަކުރައްވާފައެވެ. ރާއްޖޭގައި އިޚުލާސްތެރި ސުލްހަވެރި އިންސާފުވެރި ސިޔާސީ މާހާއުލެއް ގާއިމްކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސަރުކާރުން ސިޔާސީ ހަމަޖެހުމާއި މަސްލަހަތު ގާއިމްކުރާނީ ސިޔާސީ މީހުން ޖަލަށް ލައިގެން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވި ނަމަވެސް އިދިކޮޅު ލީޑަރު ޕީޕިއެމްގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރ ކުރުމުގެ ދައުވާ އުފުލައި އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާ ތަކެއް ކުރުމަށް ސަރުކާރުން މިހާރު ވަނީ އުފުލާފައެވެ. ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަބުދު ﷲ ޖިހާދާއި މުހަންމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ސިޔާސީ

16-Aug-2020

ސިޔާސީ މީހުންނަކީ އަންނިއާ އިބޫއާ އިމުރާނާ ދެން ވެސް މި ލާއިންސާނީ އަނިޔާވެރި ސަރުކާރުގާ ތިބި ނުބައި ނުލަފާ ޖައްބާރުންތޯ? އިމުރާނޫ?


19

ސިޔާސީ

16-Aug-2020

ސިޔާސީ މީހުންނަކީ އަންނިއާ އިބޫއާ އިމުރާނާ ދެން ވެސް މި ލާއިންސާނީ އަނިޔާވެރި ސަރުކާރުގާ ތިބި ނުބައި ނުލަފާ ޖައްބާރުންތޯ? އިމުރާނޫ?



ޓްރެންޑިން