ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ހަބީބަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.
ޙަބީބުގެ އިންޓަވިއު މަރުޙަލާގައި ކޮމިޓީގައި އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޗްއާރުސީއެމުން މަސައްކަތްކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް އޭނާ އިތުރަށް މަސައްކަތް ކުރަށްވާނެ ކަމަށް ޙަބީބް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމް ބީ ސްޓޭޓަސް އިން އޭ ސްޓޭޓަސް އަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ޤާނޫނުތައް ހަމަޖެހިފައި ހުރިގޮތާއި ދިވެހިންގެ ޤަބޫލުކުރުންތައް ހުރިގޮތް ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނަށް އޮޅުންފިލުވައި ދެއްވާނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
ޙަބީބުގެ އިންޓަވިއު އަށްފަހު ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޙަބީބު ޢައްޔަނު ކުރުމަށް ކޮމެޓީގެ މެންބަރުން 89 އިންސައްތަ މާކްސް ދެއްވާފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.
ޙަބީބު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ހިމެނޭ ގޮތަށް އެ ކޮމިޝަންގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު