އަންހެނަކު ފެން ވަރަން ހުއްޓާ ދޮރު ވައްޓާލައިގެން ފުލުހުން ވަތް ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ރާއްޖޭގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.

އެގޮތުން ކުއްޔަށް ބަޔަކު ދިރިއުޅެމުން ގެންދާ އެ ގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަދި ފުލުހުން ވަނީ ބޭރު ދޮރު ވައްޓާލުމަށް ފަހު ކަމަށް ބުނެފައި ވެއެވެ.

އަދި އޭގެ ފަހުން ކޮޓަރި ދޮރުވެސް ފުނޑާލުމަށް ފަހު ވަން ކަމަށާއި އޭރު އަންހެނަކު ހުރީ ފާހާނާގައި ފެންވަރަން ކަަމަށް އެ ނޫހުން ރިޕޯޓްކުރި އެވެ.

އެގޮތަށް ވަންއިރު އަންހެން ފުލުހަކުވެސް ނެތް ކަމަށް ވެސް ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

އެ ނޫހުން އެކަން ރިޕޯޓްކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ވިދާޅުވީ ނޫހުން ރިޕޯޓްކުރި ފަދަ ކަމެއް ނުހިނގާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ފުލުހުން ރިކޯރޑުކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން