ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ ޑިވައިސްތަކުން ޑިއުޓީ އިނާޔަތްދިނުން ހުއްޓާލާ ސުންގަޑި ފަސްކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިއަދު ބުނީ ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި އީ-ސިނގިރެޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރެޓް ނުވަތަ އ-ީލިކުއިޑް ފަދަ ތަކެތިން ޑިއުޓީ އިނާޔަތްދިނުން ހުއްޓާލާ ސުންގަޑި 01 ނޮވެމްބަރު 2024 އަށް ފަސްކޮށްފައިވާ ކަމަށެވެ.
ކަސްޓަމުން މީގެ ކުރިން ނިންމާފައި ވަނީ، ދުންފަތް އެކުލެވޭ ބާވަތްތަކާއި ނިކޮޓިން އެކުލެވޭ ތަކެތި ބުއިމަށް ބޭނުންކުރާ ޑިވައިސްތަކުން ޑިއުޓީ އިނާޔަތް ދިނުން މިއަދުން ފެށިގެން ހުއްޓާލުމަށެވެ.
ކަސްޓަމުން މިއަދުން ފެށިގެން އަމަލުކުރަން ފަށާ ގަވައިދުގެ ދަށުން އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މާފުކޮށްދޭނީ 10،000 ރުފިޔާގެ މުދަލަށެވެ. އަދި އެއަށް ވުރެ އިތުރުވާ މުދަލުގެ އަގަށް ޑިއުޓީ ދައްކަން ޖެހޭނެ އެވެ.
ޑިއުޓީ އިސްތިސްނާވާ ގޮތަށް ދިހަ ހާސް ރުފިޔާގެ އެލަވަންސެއް ލިބުނު ނަމަވެސް ރާއްޖެއިން ބޭރުން ކިތަންމެ މަދުން އެތެރެ ކުރިޔަސް ޑިއުޓީ ނަގާނެ ބާވަތްތަކެއް ވެސް ކަސްޓަމުން ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކް، އެނާޖީ ޑްރިންކް، މޮޓޯ ސައިކަލް، އެއްގަމާއި ކަނޑު އުޅަނދުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.
ހަމަ އެހެންމެ މުދަލުގެ އަދަދާއި އަދި ގެންނަ ނިސްބަތަށް ބަލާއިރު އެއީ ވިޔަފާރި މުދާ ކަމަށް ކަސްޓަމަށް ބެލެވޭނަމަ އެ ތަކެތިން ޑިއުޓީ ނެގޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

ATTENTION! Deadline for exclusion of “products containing tobacco and devices used for smoking”, from duty exemption has been EXTENDED to 1st November 2024. pic.twitter.com/8WVDvEYuFw
— Maldives Customs Service (@CustomsMv) July 31, 2024
ކަސްޓަމުން މިއަދުން ފެށިގެން އަމަލުކުރަން ފަށާ ގަވައިދުގެ ދަށުން އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މާފުކޮށްދޭނީ 10،000 ރުފިޔާގެ މުދަލަށެވެ. އަދި އެއަށް ވުރެ އިތުރުވާ މުދަލުގެ އަގަށް ޑިއުޓީ ދައްކަން ޖެހޭނެ އެވެ.
ޑިއުޓީ އިސްތިސްނާވާ ގޮތަށް ދިހަ ހާސް ރުފިޔާގެ އެލަވަންސެއް ލިބުނު ނަމަވެސް ރާއްޖެއިން ބޭރުން ކިތަންމެ މަދުން އެތެރެ ކުރިޔަސް ޑިއުޓީ ނަގާނެ ބާވަތްތަކެއް ވެސް ކަސްޓަމުން ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކް، އެނާޖީ ޑްރިންކް، މޮޓޯ ސައިކަލް، އެއްގަމާއި ކަނޑު އުޅަނދުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.
ހަމަ އެހެންމެ މުދަލުގެ އަދަދާއި އަދި ގެންނަ ނިސްބަތަށް ބަލާއިރު އެއީ ވިޔަފާރި މުދާ ކަމަށް ކަސްޓަމަށް ބެލެވޭނަމަ އެ ތަކެތިން ޑިއުޓީ ނެގޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު