ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހިގެން ނެވެ. އެ ހާދިސާގައި ސައިކަލުގައި މަޑުކޮށްގެން އިން މީހާ އެތައް ފޫޓަކަށް ވިއްސައިގެން ދިޔައެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލާގައި ހިމެނޭ އިކްރާމުއްރަހްމާނާއި އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ޖިނާހް އިސްމާއީލް 15 ދުވަހަށް ބަންދު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ރޭ އެންމެ ފުރަތަމަ ބުނީ އެ އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކާރު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރޭ ވަރަށް ދަންވި ފަހުން ބުނީ އެ މައްސަަލައިގައި އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ދެ މީހުންނަކީވެސް އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބި މީހުނެވެ.
އެ މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް އެވެ.
އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު