ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮޅިގެން މީހެއްގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ޖަމާކޮށް އޮންލައިން އެޕްލިކޭޝަން ޑައުންކޮށްފިއެވެ.

ރަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލުން މި ފައިސާ ޖަމާކޮށްފައި ވަނީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްގެ އެކައުންޓަށެވެ. އޭނާ އަށް ގުޅާލުމުން ބުނީ ބީއެމްއެލުން އޭނާ އުޅޭ ރިސޯޓުގެ އެންމެންނަށް ކަހަލަ ގޮތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

ރަސް އަށް މައުލޫމާތު ދިން މީހާ ބުނީ އޭނާގެ އެކައުންޓުގެ އިތުރުން ރިސޯޓުގައި މަސައްކަތް ކުރާ އެންމެންގެ އެކައުންޓަށްވެސް ފައިސާ ލިބިގެން އެވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގައި ގާތްގަނޑަކަށް 180 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކައުންޓަށް ފައިސާ ޖަމާވިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓުވީފަހުން ބީއެމްއެލް އެޕް ޑައުންވިކަމަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

ބީއެމްއެލުން ވެސް ވަނީ އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންވެފައިވާކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން