ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިޔަން ރުފިޔާ ދަމައިގަންނަން ދުވަހަކުވެސް ނޫޅުއްވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްގެ ހޫނު ބަހުގެ ހަމަލާއެއް، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އަށް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިބްރާގެ ކޮއްކޮ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓު ނެގުމަށް އާޒިމް އިސްކޮށް ހުންނަވައިގެން ކުރައްވާ މަސައްކަތްތަކާއި ގުޅިގެން އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ތެރޭގައި ޑީއާރުޕީ ހިންގަން މަސައްކަތް ކޮށްގެން ނުވާނެކަމަށެވެ. އިބްރާވަނީ މިމައްސަލައާއި ގުޅިގެން ރައީސް ނަޝީދަށް އަމާޒުކޮށްގެން ނުސީދާ ބަހުގެ ހަމަލާތަކެއްވެސް ދެއްވާފައެވެ.
އިބްރާގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އޭނާއަކީ އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން އެގިވަޑައި ގަންނަވާ ބޭފުޅެއްކަމަށެވެ. އާޒިމްވަނީ ކޮރަޕްޝަންގެ ތުހުމަތެއް އިބްރާއަށް ރައްދުވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޓެކްސް ފައިސާއިން 200 މިލިޔަން ރުފިޔާ ހޯއްދަވަން އިބުރާ މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތެއް އާޒިމް ވަނީ ކުރައްވާފައެވެ.
"އަޅުގަނޑަށް އަބަދުވެސް ޓީމަށް ކުޅެން އެގޭ. ކްލަބް ހިންގަންވެސް އެގޭ. ކުޅެން ގެންގުޅޭ ބޯޅަޔާއި ވިކެޓް ބައި ހިފައިގެން ގެޔަކަށް ނުދަން. އަދި ބަދަލު ދިނުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިޔަން ދަމައިގަންނާކަށް ދުވަހަކުވެސް ނޫޅެން." އާޒިމް ވިދާޅުވިއެވެ.
އާޒިމް ތުހުމަތު ކުރައްވާފައިވާ ބަދަލު ދިނުމުގެ ފައިސާގެ ވާހަކައަކީ މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން އެމިނިސްޓްރީން އުވާލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން ބަދަލު ހޯދުމަށް އިބްރާ މަސައްކަތް ކުރައްވާ ވާހަކައެވެ.
ސަރުކާރުން އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ހުކުމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު