ދަރަނިވެރިޔާ މަރުވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވެންދެން އޭނާގެ ފުރާނަ ހުންނާނީ އެލުވިފައި ކަަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ އިސްލާމް ދީން ހުއްދަކުރާކަމެއް ކަމަށެވެ.

އެހެން ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާއި އަދި ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫން ކަމަށެވެ.

އެހެންކަމުން ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތްކަން މިއަދުގެ ހުތުބާގައި ވާނީ އަޅުގަނޑުމެންނަށް ހަނދުމަށްކޮށް ދެއްވާފައި އެވެ.

ހުތުބާގައި ވިދާޅުވީ ނަގާފައިވާ ދަރަންޏަކީ ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އެއީ ފާފަފުއްސެވުމަށް ހުރަސް އެޅިދާނެވެސް ކަމެއް ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

ދަރަނި އަދާކުރުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވަމުން ހުތުބާގައި ވިދާޅުވީ ޝަހީދުންނަށް ވެސް ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހާ ފާފައެއް ފުއްސަވާކަން ކީރިތި ރަސޫލާގެ ހަދީސްއިން ސާބިތުވާކަމަށެވެ.

"މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެއެވެ. ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ." މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން