މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މާލެ ދާއިރާގެ ރައީސްކަމަށް އެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިންތިހާބު ވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި ދާއިރާތަކުގައި ހިމެނޭ ރައީސް ކަމުގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ ދާއިރާތަކުގެ ބައިއިލެކްޝަން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުކޮށް ފާހަގަ ކުރެވުނީ މާލެ ދާއިރާގެ ރައީސްގެ މަގާމެވެ.

އެ މަގާމަށް އާޒިމް އިންތިހާބު ވެފައިވަނީ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ފަލާޙް އާއި ބައްދަލުކޮށް 600 އަށްވުރެ ގިނަ ވޯޓާއިއެކުއެވެ.

އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރީން އާޒިމް ވަނީ ރައީސް ސާލިޙްގެ ސަރުކާރުގައި ބޮޑު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ. ފުރަތަމަ ހުންނެވީ އެމްޑަބްލިއުއެސްސީ ގައެވެ. އޭގެ ފަހުން އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން