ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ދެންމެ ބުނީ, ހަނިމާދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް މިރޭ 8:00 އެހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުން އެތަނަށް ގޮސް, މި މައްސަލާގައި މާރާމާރީ ހިންގި މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި, މި މާރާމާރީގައި އަނިޔާލިބުނު މީހާއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން