ކުޅުދުއްފުށި ޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ވަޑައިގަތުން.
ކުޅުދުއްފުށި ޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ވަޑައިގަތުން.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުޅުދުއްފުށި ޕޯޓްގައި ޤާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ 95 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްލީއެލް އިން ބުނީ ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިންމައި، މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ޚިދުމަތް ފެށޭނެ ކަމަށް އެމްލީއެލް އިން ލަފާކުރެއެވެ. އެމްޕީއެލް އިން މަޢުލޫމާތު ދޭގޮތުގައި، މިމަޝްރޫޢުގެ ފިނިޝްގެ މަސައްކަތްތައް ނިންމައި، ޚިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަންވެސް އިއުލާންކުރާނެއެވެ.

ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް ހުކުރު ދުވަހު ވަނީ ވަޑައިގަނެފައެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓް ޔާޑަކީވެސް މެރިޓައިމްގެ ޚިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ޤާޢިމްކުރުމުގެ ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން