މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ސަރުކާރާ ދުރަށްޖެހިވަޑައިގަތީ ވެރިކަމުގެ ޢިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މި ބީދައިން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ސަރުކާރުން ހައްދަވާ ބޮޑެތި ގޯސްތައް ހަޖަމްކުރައްވަން އުނދަގޫވެ އެކަންކަން ދިފާއު ކުރަށްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ރައީސް ޔާމީން ވެރިކަމުގެ ދަހިވެތިކަމުގައި ދައްކަވާ ވާހަކަފުޅުތަކަށް ހެއްލޭގޮތަށް ނޫން ކަމަށެވެ. އަދި ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ރައީސް ޔާމީން ޖައްސަވަނީ ހަޑިހުތުރު މުޑުދާރު ސަކަރާތެއް ކަމަށްވެސް އަދުރޭ ވިދާޅުވެފައިވެއެވެ.

“ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން. ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރަށްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން. ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިމޭރުމުން ވިދާޅުވެފައިވާއިރު ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ ދެފުއް ދެގޮތް ސަރުކާރެއް ކަމަށެވެ.

ހަމައެއާއެކު ރައީސް މުއިއްޒު ތެދު ބަހުން ވާހަކަފުޅު ދައްކަވައިގެން ރައްޔިތުންގެ ރުހުން ހޯއްދައިގެން ކުރިއަށް ވަޑައިގަތުމަށް އިލްތިމާސް ކުރަށްވާ ކަމަށްވެސް ރައީސް ޔާމީން ވަނީ އެޖަލްސާގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން