ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ރ.ހުޅުދުއްފާރުން އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ހުޅުދުއްފާރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އެމީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ހެދުމުންނެވެ.

މީގެ ކުރިންވެސް ހުޅުދުއްފާރުން ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2449 ގައެވެ. އިއްޔެ ވެސް ރާއްޖެއިން ވަނީ 107 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން