ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރުގެ ފޯކަސް ގެއްލުވާލަން ކަމަށާއި އެ ފުރުސަތު އެފަރާތްތަކަށް ދީގެން ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިމޭރުމުން ވިދާޅުވެފައިވަނީ މި ސަރުކާރުގެ އިސްފަރާތްތަކުން ކުރީގެ ސަރުކާރުތަކަށް ރައްދު ދެމުން ގެންދާތީ އެކަމަށް ފާޑުވިދާޅުވެ މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި އައްބާސް ވިދާޅުވީ ކުރީގެ ސަރުކާރާ ރައީސް ޔާމީންގެ ވާހަކައަށްވުރެ ރައްޔިތުންނާ ގުޅުންހުރި ޙައްޤުތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ސަރުކާރުގެ ފޯކަސް ގެއްލުވާލުން ކަމަށާއި އެފުރުސަތު އެފަރާތްތަކަށް ދީގެން ނުވާނެ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

“ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ޙާލަތު ރަނގަޅުކޮށް ތަޢުލީމީ މަރުކަޒުތަކާއި ލަފާ ފުރުމަށް ދިމާވެފައިވާ ދަތި އުނދަގޫތަކަށް ހައްލު ގެނައުމުގެ ކަންކަމަށް ސަމާލުކަންދިނުން ވަރަށް މުހިންމު ކަމަށް ދެކެން.” އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ފީއެންއެފްގެ ހަރުގެ ޖަލްސާތަކުގައި ދައްކަމުންދާ ވާހަކަތަކަށް މި ސަރުކާރުގެ އިސްވެރިން ގެންދަވަނީ ރައްދު ދެއްވަމުންކަން ފާހަގަ ކުރެވެއެވެ.



އޭގެ އިތުރުން މި ސަރުކާރުން ޤައުމުގައި ހިނގާ ކޮންމެ ކަމެއްގައިވެސް ޒިންމާ ނަގަންޖެހެނީ ކުރީސަރުކާރުން ކަމަށް ބުނަމުން ދާތީ އެކަމަށް އާއްމުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން