ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު (މ)
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު (މ)
ތިންމަސް ފަހުން ރައީސް މުޢިއްޒުގެ ކެބިނެޓްގެ ފެންވަރު ސިންގަޕޫރުގެ ކެބިނެޓަށް ވުރެ ކޮލިޓީވާނެ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

ކުރީގެ ޓެލެކޮމް މިނިސްޓަރ މަލީޙް ޖަމާލް މިބީދައިން ވިދާޅުވީ މިހާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ ވީޑިއޯއެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވަމުންނެވެ. އެގޮތުން މަލީޙް ވިދާޅުވެފައިވަނީ މިނިސްޓަރ ފައިސަލް ކޯޗެއް ނަންގައިގެން ކޯހުގެ ދެބައިކުޅަ އެއްބައި ނިންމާފަވާ ކަމަށެވެ.

އެކަމަށްޓަކައި މިނިސްޓަރ ފައިސަލަށް މަރުޙަބާ ދަންނަވާކަމަށާއި ތިންމަސް ފަހުން ރައީސް މުއިއްޒުގެ ކެބިނެޓުގެ ފެންވަރު ސިންގަޕޫރުގެ ކެބިނެޓަށްވުރެ ކޮލިޓީ ވާނެކަމަށް މަލީޙް ވިދާޅުވެފައިވެއެވެ.

“މުއިއްޒަކީ ވަޢުދު ވެއްޖިއްޔާ އެފުއްދަވާނެ ބޭފުޅެއް. ސާބަހޭ. ޑެޕިއުޓީ ރޯލް މޮޑެލް.” މަލީޙް ވިދާޅުވެފައިވެއެވެ.

މަލީޙް މި މޭރުމުން ވިދާޅުވެފައިވާއިރު ވަޒީރު ފައިސަލް އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާ ގުޅޭގޮތުން އަމާޒުވި ފާޑުކިއުންތައް ބަލައިގަނެ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



އެގޮތުން ފައިސަލް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ ކިބައިގައި ވަކި ސްޓޭންޑަޑެއް ހުންނަން ދިވެހިން ބޭނުންވާކަން ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ. އަދި އެކަމަށް ޕްރެކްޓިސްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެކަން ރަނގަޅު ކުރަށްވާނެ ކަމަށް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން