މީ އެމެރިކާ އާއި އިންޑިއާގެ ދަށުވެފައިއޮތް ފޭކު ޖައްސާ ސަރުކާރެއް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިހެން ވިދާޅުވީ ރާއްޖޭގެ މީޑީއާ އަކަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައެވެ. އެގޮތުން ޢުމަރު ވިދާޅުވެފައިވަނީ މީ ފޭކް ޖައްސާ ސަރުކާރެއް ކަމަށާއި އިޒްރޭލް ޕާސްޕޯޓްވެސް މަނާ ނުކުރެވިގެން އުޅެނީ އެހެންވެގެން ކަމަށެވެ.
ޢުމަރު ވިދާޅުވީ ސަރުކާރު އޮތީ އެމެރިކާ އާއި އިންޑިއާގެ ދަށުވެފައި ކަމަށެވެ. އަދި އިޒްރޭލް ޕާސްޕޯޓް މަނާކުރުންފަދަ ގަލަމު ތުނޑުން ނިންމާލެވެން ހުރި ކަންކަން ނުކޮށް ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުން ކުޅެނީ ޑްރާމާއެއް ކަމަށް ޢުމަރު ތުހުމަތު ކުރެއްވިއެވެ.
ޢުމަރު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ ސަރުކާރުން ޕާކް ކޮށްފައި އޮތީ އެމެރިކާ ރުއްސަންވެގެން ކަމަށެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ދަނީ އެމެރިކާ އާއި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޢުމަރު ވިދާޅުވިއެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ގާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ނަމަވެސް، އެކަމުގެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން އެކަށީގެންވާ ހަލުވި ގޮތެއްގައި ކުރިއަށް ނުދާކަން އިދިކޮޅުން ފާހަގަ ކުރާއިރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޓީގައި އެބިލު އޮންނަތާ 56 ދުވަސް ވަނީ ވެފައެވެ. އެހެންކަމުން އެކަމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު