ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
މީ 60 އިންސައްތަ ދޮގުހަދާ ސަރުކާރެއް ކަމަށާއި ސަރުކާރަށް 5 އަހަރުގެ ދައުރު ނިންމާލެވޭނެ ކަމާމެދު ޝައްކު ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޢުމަރު ވިދާޅުވީ އޭނާ އަކީ ވަކިހަމަތަކަކާއި އުސޫލުތަކެއް ހިފަހައްޓަވާ ބޭފުޅެއްކަމަށާއި ސިޔާސީ ގިނަ ބޭފުޅުންގެ ދަށުގައި މަސައްކަތް ކުރަށްވަން ދަތިވަނީ އެހެންވެގެން ކަމަށެވެ.

ހަމައެއާއެކު މި ސަރުކާރުގެ އަށެއްކަ މަހަށް އަލިއަޅުވާ ލައްވަމުން ޢުމަރު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޮޑެތި ދޮގުތަކެއް ހަދައި އޮޅުވާލަމުން ގެންދާކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން ސަރުކާރުން ދައްކާ ވާހަކައިގެ 60 އިންސައްތައަކީ ދޮގު ކަމަށް ޢުމަރު ވިދާޅުވިއެވެ.

އޭގެއިތުރުން ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ސަރުކާރަށް ފުރިހަމަ ދައުރެއް ނިންމާލެވޭނެ ކަމާމެދު ގިނަ ރައްޔިތުންނާއި ޚުދު އެމަނިކުފާނުވެސް ޝައްކު ކުރަށްވާ ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.

މިއަދުގެ ބަސްދީގަތުމުގައި ޢުމަރު ވަނީ މިސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ ކަމަށް ބުނެ ދައްކާ ވާހަކައާއި، އިންޑިއާ ސިފައިން ބޭރު ކުރިކަމަށް ބުނެ ދައްކާ ވާހަކަތަކާއި، ރައީސް ޔާމީނު މިނިވަން ކުރާނެކަމަށް ބުނެ ބޮޑެތި ދޮގުތަކެއް ހަދާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އުމަރު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރަށް ލިބިވަޑައިގަތީ 6343 ވޯޓާއެކު އިންތިޚާބުގެ 4ވަނައެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 2.87 އިންސައްތަ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން