މާލެއަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނިމާލް
މާލެއަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނިމާލް
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީ.އީ.އޯ އަކަށް މާލެއަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނިމާލް ޢައްޔަނު ކުރަށްވައިފިއެވެ.

އެލްޖީއޭގެ ސީއީއޯގެ މަޤާމް ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި ޑރ. މަރިޔަމް ޒުލްފާ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އިއްޔެ ބަދަލު ކުރެއްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ޢައްޔަނު ކުރެއްވި މުޙައްމަދު ނިމާލް މީގެކުރިން ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ.

އޭގެއިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރގެ ނާއިބުގެ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ.

އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން