ފަންސާސް މެންބަރުން ޙާޟިރުވެ ތިއްބެވި ނަމަވެސް ބަހުސްކުރާނެ މެންބަރުން ނެތިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މަޖިލީހަށް ޙާޒިރުވެ ވަޑައިގަތުމަށް ޢުޒުރުވެރި ވެފައިވާތީ ވަޒީރުންނާއި ސުވާލު ކުރުމުގެ އައިޓަމް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އޭގެ ފަހުން އެޖެންޑާގައި އޮތީ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އޮޑިޓް ރިޕޯޓުތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް ނިންމިގޮތް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ.
ނަމަވެސް އެ ދެރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ދެފަހަރަށް ހުޅުވާލުމުންވެސް 50 މެންބަރުން ޙާޟިރުވެ ތިއްބެވި މަޖިލީހުގައި އެއްވެސް މެންބަރަކު ބަހުސް ކުރުމުގެ ފުރުސަތަކަށް އެދިވަޑައި ގެންފައެއް ނުވެއެވެ.
އެހެންކަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އެ ދެ ރިޕޯޓަށް 11:00 ގައި ވޯޓަށް އައްސަވާނެކަމަށް ވިދާޅުވެ މަޖިލީސް ކުރުކޮށްލައްވާފައެވެ.
މަޖިލީހުގެ ގިނަ މަސައްކަތްތައް ކޮމިޓީތަކުގައި ކުރިއަށްދިޔަ ނަމަވެސް މިއީ ތަޅުމުގައި މެންބަރުން ޙާޟިރުވެ ތިއްބަވައި ބަހުސް ކުރަށްވާނެ މެންބަރުން ނުވެގެން ޖަލްސާ ކުރުކޮށްލި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު