މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އަބްދުﷲ މައުމޫން (މާނު)
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އަބްދުﷲ މައުމޫން (މާނު)
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި، މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަބްދުﷲ މައުމޫން (މާނު) ފަސް އަހަރަށް ފަހު ރާއްޖެއަށް އަތުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާނު ރާއްޖެއަށް އައުމާއެކު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ މައްސަލައިގެ ތަޙުޤީޤު ފަށާފައިވާ ކަމަށެވެ.

މާނުގެ އިތުރު މައްސަލައެއްގެ ތަހުގީގު ފަށާފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަޢުލަތުން ވަނީ އުފުލާފައެވެ.

އެގޮތުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އަދި މައުމޫނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވާތީ، އޭނާ ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާ ހާލަތުގައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރަކަށް ޕީޖީން ވަނީ ކޯޓުގައި އެދިފައެވެ.

ޕީޖީން ބުނީ މި ދަޢުވާތައް މައުމޫންގެ މައްޗަށް ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން