މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.
ބާރު ދުވެލީގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން ފިރިހެނެއްގެ ގައިގައި ޖެހި އޭނާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވިއެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް، ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އޭނާގެ ހާލު މިހާރު ސްޓޭބަލް ނަމަވެސް މޫނުގެ ކަށިތަކަށް ގެއްލުންވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ރާއްޖެއިން އޮޕަރޭޝަނެއް ކުރެވެން ނެތުމުން މިހާރު އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ބުނެއެވެ.
އެކްސިޑެންްޓާ ގުޅިގެން ކާރުގައި އިން ޑްރައިވަރާއެކު އިތުރު ދެ މީހަކު ހައްޔަރުކުރި އިރު އެތަނުން ދެ މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އެކަކު 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ކިޔުންތެރިންގެ ހިޔާލު